މަޖީދިއްޔާގެ "ޕީސް" ޕްރޮގްރާމުން، ރީތި އާދަތަކާއި ހުނަރުތައް އަށަގަންނުވަނީ

ރީތި އާދަތަކާއި ސިފަތަކުގެ އިތުރުން ހުނަރުތައް އަށަގަންނުވަން ބާރެއުޅުމުގެ ގޮތުން "ޕީސް" ގެ ނަމުގައި ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ދަރިވަރުންނަށް އަމާޒުކޮށްގެން މަޖީދިއްޔާ ސްކޫލުން ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

"ޕީސް"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ކީ ސްޓޭޖް އެކަކާއި ދޭއް، (ގުރޭޑް 1ން 6ށް) ކުރިއަށް ގެންދަނީ ރީތީ އާދަތަކާއި މުޖްތަމައުގެ އަގުތައް ދަސްކޮށް ދިނުމެވެ. ކީ ސްޓޭޖް ތިނަކާއި ހަތަރަކަށް (ގުރޭޑް 7ން10 އަށް) ކުރިއަށް ގެންދަނީ ދަރިވަރުންނަށް ހުނަރާއި ޤާބިލްކަން އިތުރު ކުރުމެވެ.

މަޖީދިއްޔާ ސްކޫލުން ބުނީ، އެ ސްކޫލުގެ ކުލަބު ޙަރަކާތްތައް ވެސް ކުރިއަށް ގެންދާނީ އެ ދުވަސްވަރަކަށް ކަނޑައަޅާ ތީމަކަށް މި ޕްރޮގްރާމާ ގުޅުވާލައިގެން ކަމަށެވެ.

ވަކި ތީމްތަކެއްގެ ދަށުން ޕްރޮގްރާމް ރާވާލާފައިވާއިރު، ޖެނުއަރީން ފެށިގެން އަންނަ މާރޗް މަހަށް ކަނޑައަޅާފައި ވަނީ "ބީ ކެއަރިން" އެވެ.

" ވަކި ކުލާހެއް، ސެޝަނެއް ގޮތަކަށް މި ޕްރޮގްރާމެއް ނުގެންދާނެ. ސްކޫލުގައި އުޅޭއިރު، ކުރާ ކޮންމެ ކަމެއްގެ ތެރެއިން މި ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށް ރާވާފައި ވަނީ" ލީޑިންގ ޓީޗަރު އާމިނަތު މުހްސިނާ ވިދާޅުވިއެވެ. މުހްސިނާ ވިދާޅުވީ، މި ޕްރޮގްރާމްގެ ބޭނުމަކީ ވަށައިޖެހޭ ގޮތަށް ކުދިންގެ ކިބައިގައި ސިފަތައް ދާއިމީކޮށް އަށަގެންނެވުން ކަމަށާއި، އެކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން އެ ތީމަކާ ގުޅޭ ކަންތައްތަކެއް ދަރިވަރަކު ކުރާތަން ފެނިއްޖެނަމަ ބެޖާއި ސެޓްފިކެޓާއި ތަރި ލިބޭނެ ކަމަށެވެ.

" ތީމުގެ ދަށުން ކުދިން ކުރާ ރަނގަޅު ކަންތައްތައް ފާހަގަކުރުމުގެ ގޮތުން ބެޖް ދޭނީ. ސްކޫލްގެ ކޮންމެ ސްޓާފަކަށްވެސް ބަޖެދެވޭނެ. ބޭނުމަކީ ކުދިން ކުރާ ރަނގަޅު ކަންތައް ފާހަގަކޮށް އެކަން ބަލައިގަތުން"   ވިދާޅުވިއެވެ.

"ޕީސް" ޕްރޮގްރާމުގެ ތެރެއިން ކުރާ ކޮންމެ ރަނގަޅު ކަމަކަށް ކީ ސްޓޭޖް ދޭކުން ދަށުގެ ދަރިވަރުންނަށް ބެޖެއް ދޭއިރު، 25 ބެޖް ހަމަވުމުން ބްރޯންޒް ސެޓްފިކެޓް ލިބޭނެއެވެ. އިތުރު 25 ބެޖް ހަމަވުމުން ސިލްވަރ ސެޓްފިކެޓް، 75 ބެޖް ހަވަމުވުން ގޯލްޑް ސެޓްފިކެޓެއް ލިބޭނެއެވެ. 100 ބެޖް ހަމަވީމާ ލިބޭނީ ތަރިއެކެވެ. ޖުނީފޯމްގައި ދާއިމީކޮށް އެ ތަރި ބޭނުންކުރެވޭނެއެވެ.

" ތަރި ލިބުނީމާ އެއިން ދޭހަކޮށްދެނީ މުޖްތަމަޢު ޤަބޫލުކުރާ އަގުތަކާއި ސިފަތަކަށް އަމަލުކުރާ ދަރިވަރެއްކަން އެއީ" މުހްސިނާ ވިދާޅުވިއެވެ.

" މީގެ ސަބަބުން އެކަން ކުރުމަށް އެހެން ދަރިވަރުންނަށް ބާރަކަށްވޭ"

ވިދާޅުވީ، ބެޖާއި ސެޓްފިކެޓް ދިނުމުގައި ކީ ސްޓޭޖް ތިނަކުން މައްޗަށް ތަފާތު ވާނެ ކަމަށެވެ.

މުހްސިނާ ވިދާޅުވީ، އަލަށް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާތީ، ކުރިއަށްދާ ވަރަކުން ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށާއި، މިހާރު އެއް އަހަރު ދުވަހަށް އެ ޕްރޮގްރާމް ޕްލޭންކޮށްފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *