ތާޖުއްދީނުގެ ޕްރިންސިޕަލަކަށް، އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު މުޙައްމަދު ހަމަޖައްސައިފިއެވެ.
ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި ހުންނެވި ބަޝީރާ މުޙައްމަދު ބަދަލުކުރެއްވީ ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލަށެވެ.
1992 ވަނަ އަހަރު ތާޖުއްދީން ސްކޫލުން ތަޢުލީމީ ޚިދުމަތް ފެއްޓެވި ފާތިމަތު މުޙައްމަދަށް އެ ސްކޫލުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ޕްރިންސިޕަލް ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އެ ސްކޫލުގެ ޓީޗަރުކަމާއި ސްޕަވައިޒަރުކަމާއި ލީޑިންގ ޓީޗަރުކަމުގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ޒިންމާ އަދާކުރެއްވިއެވެ.
ފާތުން ވަނީ ކިޔެވަވައި ދިނުމުގެ ދާއިރާއާއި ލީޑަރޝިޕް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ.
ދަރިވަރު ނޫހަށް ފާތުން ވިދާޅުވީ، ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ވެވަޑއިގެންނެވުމަކީ އެއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެއީ އެ ސްކޫލުގެ ހުރިހާ ކަމެއްގައި ފާއިތުވި 30 އަހަރު ހޭދަކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ސްކޫލް ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކަށް ވެވަޑައިގަންނަވާތީ ކަމަށެވެ.
" އަޅުގަނޑަށް ވަރަށް ރަނގަޅަށް ތާޖުއްދީން އެނގޭ. އަޅުގަނޑުގެ ދެކޭ ތަޞައްވުރާ އެއްގޮތަށް، އެހެން ލެވެލްއަކަށް ސްކޫލް ގެންދަން ވަރަށް ފަސޭހަވާނެ" ދަރިވަރު ނޫހަށް ފާތުން ވިދާޅުވިއެވެ.
advertisment
ހިޔާލު