ސްމައިލް އޮން ކެމްޕެއިނާއެކު ސީއެޗްއެސްއީގެ ދަރިވަރުންނާއި ސްޓާފުންގެ އަތްތިލައިގެ ޕްރިންޓް ހިމެނޭ ގޮތަށް ފާރެއް ޒީނަތްތެރިކޮށްފިއެވެ.
ސްކޫލްތަކުގެ އިސްދަރިވަރުން ފެށި ކެމްޕެއިން މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް މިހާރު ވަނީ ފުޅާ ކޮށްފައެވެ.
ސީއެޗްއެސްއީގެ ކެޕްޓަން އަލްތާފް ޝަހީން، ސްމައިލް އޮން ކެމްޕެއިނާގުޅޭ ގޮތުން ޓީވީއެމްގެ ހެނދުހެނދުނާ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބުނީ، ސްމައިލް އޮން ކެމްޕެއިނުގެ ދަށުން އެ ސްކޫލުން ކުރިއަށް އޮތް ފަސް މަސް ދުވަހަށް ކުރިއަށް ގެންދާނެ ޙަރަކާތްތަކުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.
އަލްތާފު ބުނީ، ކެމްޕޭނަށް ޚާއްޞަކުރި ފާރުގައި ފެނިގެން ދަނީ ދަރިވަރުންނާއި މުދައްރިސުންނާ ސްޓާފުންގެ އަތްތިލައިގެ ޕްރިންޓް ކަމަށެވެ.
" ކެމްޕޭނުގެ މަޤްޞަދު ހަނދާން ކޮށްދިނުމަށާއި، މި ކެމްޕޭނުގައި ސީއެޗްއެސްއީން ތިބީ އެއްބައެއްގެ ގޮތުގައިކަން ރަމްޒުކޮށްދިނުމުގެ ގޮތުން ޑެކެރޭޓް ކުރާ ފާރެއް" ޓީވީގައި ވާހަކަ ދައްކަމުން އަލްތާފު ބުނެފައިވެއެވެ.
advertisment
ހިޔާލު