ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޢިލްމީ ދިރާސާތަށް ހުށަހެޅުމަށް ބާއްވާ ފަސްވަނަ ތެވެލި ބައިނަލްޢަޤްވާމީ މަހާސިންތާ 21-22 އޮގަސްޓު އަށް ބޭއްވުމަށް ނިންމައިފިއެވެ.
މިމަހާސިންތާ މިއަހަރު ޚާއްޞަވެގެން މިދަނީ ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ. މިމަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ.
މި ކޮންފަރަންސްގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒަމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ވުމެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމެވެ.
ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދެވޭ މި ކޮންފަރެންސަގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހަޅާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މިކޮންފަރެންސްގެ މުހިއްމު ތާރީޚްތައް:
އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭ ތާރީޚް: 15 މޭ 2023
އެބްސްޓްރެކްޓް ފާސްކުރާ ތާރީޚް: 22 ޖޫން 2023
ރެޖިސްޓްރޭޝަން: 03 އޮގަސްޓް 2023
ކޮންފަރަންސް ބާއްވާ ތާރީޚް: 21-22 އޮގަސްޓު 2023
އެމްއެންޔޫއިން ބުނީ، މި ކޮންފަރެންސްގައި އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ ކަމަށެވެ.
ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މަސައްކަތް ކުރަމުންދާއިރު، މި ކޮންފަރެންސްގެ ސަބަބުން ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ ކޮންފަރެންސަކަށް މި ކޮންފަރެންސް ވެގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު