ޤައުމީ ޔުނިވަރސިޓީގެ ފަހި ސުފުރާ މާރޗްމަހު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކާބޯތަކެތީގެ މަޢުރަޒު "ފަހި ސުފުރާ" އަންނަ މާރޗްމަހު ބާއްވަން ނިންމައިފިއެވެ.

މާރޗް މަހުގެ 1ން2އަށް ބާއްވާ، މި މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ، އަންނަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ މި މައުރަޒު ބާއްވަނީ، ދިވެހިންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރީން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުންނެވެ.

މައުރަޒު ކުރިއަށް ގެންދަނީ، މާރޗް މަހުގެ 1ން2އަށް ކޮންމެ ދުވަހަކު ހެނދުނު 10:00ން ރޭގަނޑު 22:00 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *