މި އަހަރުގެ ދެވަނަ "ވެހި އެޑިޔުކޭޝަން ޓުއަރ" 21 ޕްރިންސިޕަލުންނާ އެކު ފަށައިފިއެވެ.
މި ޓުއަރ ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޚްމަދު އަލީއެވެ.
ވެހި އެޑިއުކޭޝަނަލް ޓުއަރއަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން މާލޭގެ ސްކޫލްތަކަށް ޒިޔާރަތްކޮށް އެސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމެންޓާއި ބައްދަލުކޮށް ސްކޫލް ހިންގަމުންދާގޮތް ބައްލަވައި އެސްކޫލްތަކުގައި ގެންގުޅޭ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހެދުމަށް ކުރިޔަށްގެންދެވޭ ޚާއްސަ ޕްރޮގްރާމެކެވެ. އަދި އެ އަތޮޅުތަކުގެ ސްކޫލްތަކުގެ ހިންގުން ރަނގަޅު ކުރަމަށްޓަކައި ޢަމަލު ކުރެވިދާނެ ހަރުދަނާ ގޮތްތަކާއި އުސޫލްތައް ދެނެގަތުމަށް މި ޕްރޮގްރާމްގެ ސަބަބުން ފަސޭހަވެގެންދެއެވެ.
ކޮންމެ އަހަރަކު ވެސް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ވެހި އެޑިއުކޭޝަނަލް ޓުއަރ އެކި ޒޯންތަކަށް ބަހާލައިގެން ބާއްވަމުންނެވެ.
advertisment
ހިޔާލު