މާލޭގެ ސްކޫލްތަކުގައި އިއްޔެ ފެށި "ސްމައިލް އޮން" ކެމްޕެއިން އަތޮޅުތެރޭގެ ސްކޫލްތަކުގައި މިއަދު ފަށައިފިއެވެ. މި ކެމްޕެއިން މާލޭގެ ސްކޫލްތަކުގައި ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
" ސްމައިލް އޮން" ކެމްޕޭން އަތޮޅު ތެރޭގެ ސްކޫލްތަކުގައި ފެށުމުގެ ކުރިން، މާލޭގެ ސްކޫލްތަކުގެ އިސްދަރިވަރުން ވަނީ އަތޮޅުތެރޭގެ ސްކޫލްތަކުގެ އިސްދަރިވަރުންނަށް ޚާއްޞަ ބައްދަލުވުމެއް އޮންލައިންކޮށް ބާއްވައި، އެ ކެމްޕެއިނާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ.

ސްމައިލް އޮން ކެމްޕެއިނަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގައި މިފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ދުވަހީ ތާވަލުގެތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ކެމްޕެއިނުގެ ސަބަބުން ސްކޫލްގައި ފައްސި މާހައުލެއް ގާއިމްކުރެވި އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލް މުޖުތަމަޢުއެއް ޤާއިމުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު