ޤައުމީ ކަބްރެލީ އާއި ޕްރީކަބް މީޓް މާދަމާ ހުޚުމާލޭގައި ފަށަނީ

ޤައުމީ ކަބްރެލީ އާއި ޕްރީކަބް މީޓް 21 ޖަނަވަރީ 2023 ވާ ހޮނިހިރު ދުވަހު، ހެނދުނު 0900 އިން ފެށިގެން 1800އާ ހަމައަށް ހުޅުމާލޭގައި ކުރިއަށް ދާނެއެވެ.

މި ޙަރަކާތަކީ، ސްކައުޓް އެސޯސިއޭޝަންގެ 05 އަހަރާއި 08 އަހަރާއި ދެމެދުގެ މެންބަރުންގެ ގޮތުގައި ހިމެނޭ ޕްރީކަބް ސެކްޝަންގެ މެންބަރުންނަށާއި އަދި 08 އަހަރާއި 12 އަހަރާ ދެމެދުގެ މެންބަރުންގެ ގޮތުގައި ހިމެނޭ ކަބް ސްކައުޓް ސެކްޝަންގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގޭ 1 ދުވަހުގެ ހުނަރު ތަރައްޤީ ކުރުމުގެ ޙަރަކާތެކެވެ.

ކަބްރެލީއާއި ޕްރީކަބް މީޓުގައި މާލެއާއި އަތޮޅު ތެރެއިން، 1300އަށްވުރެ ގިނަ ސްކައުޓުންނާއި ލީޑަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކަބްރެލީއާއި ޕްރީކަބް މީޓް ރޭވިފައިވަނީ ފިޒިކަލީ ޗެލެންޖިންގ އެކްޓިވިޓީސް ތަކަކާއި އަދި ތަފާތު މަޢުލޫމާތާއި ހުނަރު ލިއްބައިދޭނެ ކަންތައްތަކެއް ސްކައުޓުން ތަޖުރިބާ ކުރަންޖެހޭ ގޮތަށެވެ. މި ޙަރަކާތް ރާވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން 17 މުއައްސަސާއެއްގެ އެހީތެރިކަމާއެކުގައެވެ. މީގެ ތެރޭގައި މަދަނީ ޖަމްޢިއްޔާތަކާއި، ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކާއި އަދި ރާއްޖޭގެ އެކި ސްކައުޓް ގްރޫޕްތައް ހިމެނެއެވެ.

މިކަބްރެލީގައި މާލޭގެ ގިނަ ސްކައުޓް ގްރޫޕުތަކެއްގެ އިތުރުން، ރ. މަޑުއްވަރިއާއި  ބ. އޭދަފުށި ކ. މާފުށި އަދި ގުޅި ވ. ފެލިދޫގެ ސްކައުޓް ގްރޫޕްތަކުން ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *