"ސްމައިލް އޮން" ކެމްޕެއިން އަތޮޅުތެރޭގެ ސްކޫލްތަކުގައި ވެސް ފަށަނީ

މާލޭގެ ސްކޫލްތަކުގައި އިއްޔެ ފެށި "ސްމައިލް އޮން" ކެމްޕެއިން އަތޮޅުތެރޭގެ ސްކޫލްތަކުގައި ވެސް ފަށަން ތައްޔާރުވާން ފަށައިފިއެވެ. މާލޭގެ ސްކޫލްތަކުގެ އިސްދަރިވަރުން ވަނީ އަތޮޅުތެރޭގެ ސްކޫލްތަކުގެ އިސްދަރިވަރުންނަށް ޚާއްޞަ ބައްދަލުވުމެއް އޮންލައިންކޮށް ބާއްވައި، އެ ކެމްޕެއިނާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ.

ސްމައިލް އޮން ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގައި މިފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ދުވަހީ ތާވަލުގެތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ކެމްޕޭންގެ ސަބަބުން ސްކޫލްގައި ފައްސި މާހައުލެއް ގާއިމްކުރެވި އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލް މުޖުތަމަޢުއެއް ޤާއިމުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *