މި އަހަރުގެ ފުރަތަމަ "ވެހި އެޑިޔުކޭޝަން ޓުއަރ" 20 ޕްރިންސިޕަލުންނާއެކު

މި އަހަރުގެ ފުރަތަމަ "ވެހި އެޑިޔުކޭޝަން ޓުއަރ" 20 ޕްރިންސިޕަލުންނާއެކު ފަށައިފިއެވެ.

މި ޓުއަރ ފައްޓަވައި ދެއްވީ އިސްކަންދަރު ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރެވެ.

ވެހި އެޑިއުކޭޝަނަލް ޓުއަރއަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން މާލޭގެ ސްކޫލްތަކަށް ޒިޔާރަތްކޮށް އެސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމެންޓާއި ބައްދަލުކޮށް ސްކޫލް ހިންގަމުންދާގޮތް ބައްލަވައި އެސްކޫލްތަކުގައި ގެންގުޅޭ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހެދުމަށް ކުރިޔަށްގެންދެވޭ ޚާއްސަ ޕްރޮގްރާމެކެވެ. އަދި އެ އަތޮޅުތަކުގެ ސްކޫލްތަކުގެ ހިންގުން ރަނގަޅު ކުރަމަށްޓަކައި ޢަމަލު ކުރެވިދާނެ ހަރުދަނާ ގޮތްތަކާއި އުސޫލްތައް ދެނެގަތުމަށް މި ޕްރޮގްރާމްގެ ސަބަބުން ފަސޭހަވެގެންދެއެވެ.

"ވެހި އެޑިޔުކޭޝަން ޓުއަރ" މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ޓުއަރގައި ބައިވެރިވެވަޑައިގެންނަވާ ޕްރިންސިޕަލުން މިއަދު ހަވީރު ޒިޔާރަތް ކުރެއްވީ އިމާދުއްދީން ސްކޫލަށެވެ. މާދަމާ ތާޖުއްދީން ސްކޫލަށް ޒިޔާރަތް ކުރައްވާނެއެވެ. އަންގާރަ ދުވަހު ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް ޒިޔާރަތް ކުރައްވާއިރު، ބުދަ ދުވަހު ޒިޔާރަތް ކުރައްވާނީ އިއްޒުއްދީން ސްކޫލަށެވެ. އަދި އެ ދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައްދަލުކުރައްވާނެއެވެ. "ވެހި އެޑިޔުކޭޝަން ޓުއަރ" ޓުއަރ ނިންމާލުން އޮތީ ކ. މާފުށީފައެވެ. މާފުށީ ސްކޫލަށް ވަޑައިގެން އެ ސްކޫލްގެ މަސައްކަތްތައް ބައްޓަން ކޮށްފައިވާ ގޮތް ޕްރިންސިޕަލުން ބައްލަވާނެއެވެ.

ކޮންމެ އަހަރަކު ވެސް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ވެހި އެޑިއުކޭޝަނަލް ޓުއަރ އެކި ޒޯންތަކަށް ބަހާލައިގެން ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *