މާލޭގެ ސްކޫލްތަކުގައި " ސްމައިލް އޮން" ކެމްޕެއިން މިއަދު ފަށައިފިއެވެ.
ސްމައިލް އޮން ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގައި މިފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ދުވަހީ ތާވަލުގެތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
މި ކެމްޕޭންގެ ސަބަބުން ސްކޫލްގައި ފައްސި މާހައުލެއް ގާއިމްކުރެވި އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލް މުޖުތަމަޢުއެއް ޤާއިމުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި ކެމްޕެއިން މާލޭގެ ސްކޫލް ތަކުގައި، މިއަދު ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު