މި އަހަރުގެ ބޭއްވި އޭލެވެލް އިމްތިޙާނުން ވިލުފުށީ ސްކޫލުން ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
އޭލެވެލްގައި ބައިވެރިވި ހަތް ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެ، ދެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. މިއީ އޭލެވެލް ހަދަން ފެށި ފަހުން އެ ސްކޫލުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. މީގެ ކުރިން މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ ދަރިވަރަކު ހިމެނިފައި ނުވެއެވެ.

ޤައުމީ ގަދަ ދިހައެއްގައި، ހިމެނުނީ ފަސް ވަނައިގައި ހިމެނުނު އާދަން ސާދިންއާއި އަށްވަނައިގައި ހިމެނުނު އާމިނަތު ސާދުނާއެވެ.

ވިލުފުށީ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަފްރާ އާދަމް ވިދާޅުވީ، މިފަދަ ކާމިޔާބީއަކަށް އެ ސްކޫލުން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، މިއީ ގުޅިގެން ގިނަ ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އަފްރާ ވިދާޅުވީ، ސްކޫލްގައި ތިއްބެވި ޓީޗަރުންގެ އިތުރުން އެހެން ސްކޫލްތަކުގެ ޓީޗަރުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދިން ކަމަށާއި، ފުރުޞަތުގެ ބޭނުން ދަރިވަރުން ވަރަށް ރަނގަޅަށް ހިފި ކަމަށެވެ.
" ކޮވިޑްގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގައި ކިޔަވައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔައީ" އަފްރާ ވިދާޅުވިއެވެ.

އަފްރާ ވަނީ އަހުމަދިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ ސްޓަޑީކޭމްޕްގައި އެ ސްކޫލްގެ ޓީޗަރުން ކޮށްދެއްވި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
" އަޙްމަދިއްޔާއިން ދިން އެ ފުރުޞަތަކީ ދަރިވަރުންގެ ކާމިޔާބަށް ލިބުނު ކުރިއެރުމެއް. އެކަމަށްޓަކައި އެ ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންނަށް ޝުކުރު ދަންނަވަން"
ވިލުފުށީ ސްކޫލްގައި 300 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު