މި އަހަރުގެ ބަޖެޓްގައި ވަނީ ސްކޫލް އިމާރާތް ކުރާނެ ފައިސާ ހިމަނާފައި
އައްޑޫ ސިޓީ ފޭދޫގައި ޒަމާނީ އާ ސްކޫލެއް އިމާރާތް ކުރުމަށް ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައި، އެ ބިމުގެ ރަޖިސްޓްރީ އެޑިޔުކޭޝަން މިނިސްޓްރީއާ ރޭ ހަވާލުކޮށްފިއެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަންޔޫބީލް ޖަލްސާގެ ތެރެއިން ބިމުގެ ރަޖިސްޓްރީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ހަވާލުކޮށް ދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.
މި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ފޭދޫ ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުން ވަނީ އާ ސްކޫލެއް ކަމަށާއި، އެ ސްކޫލް ޚިޔާލަކުން ބިނާއަކަށް ބަދަލު ވުމަށް ބޭނުންވާ ފައިސާ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ސްކޫލްގެ ބިންގާ ހެޔޮ އިރުވަރެއްގައި އެޅި، އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
ޑރ. އާއިޝަތު އަލީ ވިދާޅުވީ، ފޭދޫގެ އާ ސްކޫލަކީ ޖާގަ ތަނަވަސް ސްކޫލަކަށް ވާނެ ކަމަށާއި، ވޯކްޝޮޕްތަކާއި، އިތުރު ހަރަކާތްތަކާއި، ނާސްތާ މާލަމާއި ކުޅިވަރާއި ގަސްހެއްދުންފަދަ ހަރާކާތްތައް ހިންގޭނެ ގޮތަށް އެ ސްކޫލް ޑިޒައިންކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ފޭދޫގެ ހިއްކި ސަރަހައްދުގައި ފޭދޫގެ އާ ސްކޫލެއް އަޅަން ހަމަޖައްސާފައި ވަނީ 40،000 އަކަފޫޓްގެ ބިމެކެވެ.
ފޭދޫ ސްކޫލުގައި މިހާރު 581 ދަރިވަރުން ކިޔަވަމުން ދެއެވެ. ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ފޭދޫ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 1972 ވަނަ އަހަރުއެވ
advertisment
ހިޔާލު