ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ހިނގާލުމެއް ބާއްވަން އެ ސްކޫލުން ނިންމައިފިއެވެ.
އަހަރީ ހިނގާލުން ފަށަނީ އެ ސްކޫލްގެ ހޯލުގައި، ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށްފަހު، މާދަމާ ހެނދުނު 6:00 ގައެވެ. މި ހިނގާލުމުގައި އެ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވާނެއެވެ.
ހިނގާލުން ފަށާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުންނެވެ. ވެމްކޯ އޮފީހާއި ވަން އެވެނިއު ކައިރިއަށް މަޑުކޮށް، ތަފާތު ދެ އައިޓަމެއް ހުށަހަޅާނެއެވެ.
ހުރަވީ ސްކޫލުން ބުނީ، މިހާރު 2700 އެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލާ ގުޅުން ހުރި މުހިންމު މަޢުލޫމާތު މި ހިނގާލުމުގެ ތެރެއިން ގެނެސްދޭނެއެވެ.
މި ހިނގާލުމުގައި އެ ސްކޫލުގެ ކުރީގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވުމަކީ އެ ސްކޫލުގެ ވަރަށް ބޮޑު އެދުމެކެވެ.
advertisment
ހިޔާލު