ހަތަރު އަހަރުގެ ޔާންގެ ބޮލުގައި އިން ޓިއުމަރު ނަގަން އެހީވާން "އަފީފުއްދީން ޢާއިލާ" ނުކުންނަނީ

އަފީފުއްދީން ސްކޫލްގެ ސެން ކުލާހުގައި ކިޔަވަމުންދާ، ހަތަރު އަހަރުގެ ހަސަން އަޒްޔާން (ޔާން)ގެ ބޮލުގައި އިން ޓިއުމަރެއް ނަގަން، އެހީވާން އަފީފުއްދީން ސްކޫލުން ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ފަންޑްރައިޒިންގ ޙަރަކާތެއްގެ ގޮތުގައި މާދަމާ ހެނދުނު 9ން 11އަށް ކެންޓީނުގެ ޚިދުމަތް ދޭން އަފީފުއްދީން ސްކޫލުން ވަނީ ނިންމާފައެވެ. އަދި ހެނދުނު 9ން ހަވީރު 6 އަށް ސްކޫލްގައި ފަންޑު ފޮންޓެއް ވެސް ބަހައްޓާނެއެވެ. މި ކަމުގައި އިސްކޮށް މަސައްކަތް ކުރަނީ އެ ސްކޫލުގެ ސްޓާފުންނާއި ބެލެނިވެރިންނެވެ.

އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ދަރިވަރު ނޫހަށް ވިދާޅުވީ، މިދިޔަ އަހަރު އެ ސްކޫލާ ގުޅުނު، އަޒްޔާންގެ މުހިންމު އޮޕަރޭޝަނެއް ކުރިއަށް އޮތުމާއެކު، އެ ދަރިވަރަށް އެހީތެރިވުމަކީ އެ ސްކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ. އެހެންވެ އެ ބޮޑު އޮޕަރޭޝަނަށް ބޭނުންވާ ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް އަފީފުއްދީން ސްކޫލްގެ އާއިލާއިން ފޯރުކޮށް ދިނުން މުހިންމު ކަމަށެވެ.

" އަޅުގަނޑުމެންގެ ދަރިވަރަކަށް ބޮޑުކަމެއް ދިމާވީ އެކަމުގައި އަފީދުއްދީންގެ އާއިލާއިން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ އެއީ ކުރަންޖެހޭނެ ކަމެއް. އެހެންވެ ބެލެނިވެރިންނާއި ސްޓާފުން އިސްނެގީ" ނާސިހާ ވިދާޅުވިއެވެ.

ޔާންގެ ސިކުނޑިއަށް އަސަރުކުރީ ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުންނެވެ. އެ ޓިއުމަރު ބޮޑުވަމުން ދާތީ ލޮލުގެ ފެނުން ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ.

ޔާންގެ އާއިލާއާ ހަވާލާދީ ކުޅުދުއްފުށީ އޮންލައިނުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ތިން އޮޕަރޭޝަނެއްކޮށް ޓިއުމަރުގެ ބޮޑުބައެއް މީގެ ކުރިން ވަނީ ނަގާފައެވެ. މިހާރު ތައްޔާރު ވަމުން ދަނީ އިތުރު އޮޕަރޭޝަނެއް ކޮށް ޓިއުމަރުން ނުނެގި ހުރި ބައި ނަގާށެވެ.

ޔާންއަށް އެހީވުމަކީ އަފީފުއްދީން ސްކޫލުގެ ވަރަށް ބޮޑު އެދުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *