ވިލުފުށީ ކައުންސިލް ފަންޑުގެ އެހީގައި، ވަސަނަ ޖަމުއިއްޔާއިން އެރަށު ސްކޫލްގެ ޓީޗަރުންނަށް ހޯދައި ދިނީ މިނީ ޕީސީ

ތ. ވިލުފުށީ ކައުންސިލް ފަންޑުގެ އެހީގައި، ވަސަނަ ޖަމިއްޔާއިން އެރަށު ސްކޫލްގެ ޓީޗަރުން ބޭނުން ކުރަން 12 މިނީ ޕީސީ ހަވާލުކޮށްފިއެވެ.

ވިލުފުށީ ކައުންސިލް ފަންޑުގެ އެހީއަށް ހުޅުވާލުމުން ވަސަނަ ޖަމިއްޔާއިން ހުށަހެޅީ ވިލުފުށީ ސްކޫލްގެ ޓީޗަރުންނަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމަށެވެ. އެގޮތުން އެ ޖަމިއްޔާއިން ހުށަހެޅި ޕްރޮޕޯސަލަށް ވިލުފުށީ ކައުންސިލުން ވަނީ 50،000 ރުފިޔާ ދީފައެވެ.

ވިލުފުށީ ސްކޫލްގެ ޕްރިންސިޕަލް  އާމިނަތު އަފްރާ އާދަމް ދަރިވަރު ނޫހަށް ވިދާޅުވީ، ވަސަނަ ޖަމިއްޔާއިން އެ ސްކޫލުގެ ޓީޗަރުންނަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިނީ ޕީސީ ހަދިޔާ ކުރެއްވުމަކީ އެއީ ޓީޗަރުންނާއި ދަރިވަރުންގެ ކުރިއެރުމަށް ލިބިގެން ދިޔަ ބޮޑު ހިތްވަރެއް ކަމަށެވެ.

" މިއީ ޓީޗަރުންގެ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ހަލުއި ކަމެއް. މީގެ ފައިދާ ސީދާ ގޮތެއްގައި ދަރިވަރުންނަށް ކުރާނެ" އަފްރާ ވިދާޅުވިއެވެ.

300 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލުގައި ޓީޗަރުންނަށް އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަން ދެއްވައިގެން އެރަށު ޖަމިއްޔާއަކުން ކުރެއްވި މަސައްކަތް އެ ސްކޫލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް އަފްރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސްކޫލްގެ ޓީޗަރުން ބޭނުން ކުރުމަށް 12 މިނީ ޕީސީ ހޯދީ ކައުންސިލުގެ އިތުރުން ވަސަނަ ޖަމިއްޔާއިން އިތުރަށް ޚަރަދުކޮށްގެންނެވެ.

" މުޖްތަމައަށް އެހީތެރިކަން ފޮރުކޮށް ދިނުމުގައި ވަސަނަ ޖަމިއްޔާއިން ދެއްކީ ނަމޫނާއެއް" އަފްރާ ވިދާޅުވިއެވެ.

ވިލުފުށީ ސްކޫލުން އެންމެ ފުރަތަމަ އޯލެވެލް ހެދި ދަރިވަރުންގެ ފަރާތުން އެ ސްކޫލަށް 65 އިންޗީގެ ޓީވީއަކާއި ސްޕީކަރެއް ހަދިޔާކޮށްފައެވެ.

" އެ ދަރިވަރުން ބޭނުންވީ އެ ޓީވީއަކީ ގުރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެއްޗަކަށް ހަދަން" އަފްރާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *