ނީލަން ފިހާރައިގައި ރޯވެ އެނދުމާ ގުޅިގެން އިމާދުއްދީނާއި އިއްޒުއްދީނުގައި ކިޔަވައި ދިނުން މިއަދު ނޯންނާނެ

މާލޭގެ ނީލަން ފިހާރައިގައި އަލިފާން ރޯވެ، އެތަން އަނދައިގެން ދިއުމުން އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގައި މިއަދު ކިޔަވައި ނުދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ނީލަން ފިހާރަ ކައިރިގައި ހުރި މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޝަން ބްލޮކްގައި ތިބި ބިދޭސީންނަށް އިމާދުއްދީނުން ވަގުތީ ހިޔާވަހިކަން ދީފައިވާ ކަމަށެވެ. އިމާދުއްދީނުގައި ތިބީ 166 ބިދޭސީންނެވެ. އިންޑިޔާގެ އެންމެ މީހެއް ފިޔަވާ ދެން ތިބީ ބަންގުލަދޭޝް ރައްޔިތުންނެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 5:43 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަލިފާން ކޮންޓްރޯލްވި ނަމަވެސް އެ ސަރަހައްދުން އަދިވެސް ދުން އަރަމުން ދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *