ޅައިމަގު ސްކޫލްގެ ޕްރިންސިޕަލްގެ ހަދިޔާ: އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ އެ ސްކޫލްގެ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް

ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ، ށ. ޅައިމަގު ސްކޫލުގެ ކޮންމެ ދަރިވަރަކަށް ހަދިޔާއެއްގެ ގޮތުގައި އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު ދެއްވީ ލެޕްޓޮޕެކެވެ. މިއީ ހަދިޔާ އެއްގެ ގޮތުގައި ލެޕްޓޮޕް ދެއްވާތާ ތިން ވަނަ އަހަރެވެ.

ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މީގެ ތިން އަހަރު ކުރިން ފެއްޓެވި މަސައްކަތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްކޫލްގެ ޖުމްލަ ނަތީޖާ އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށާއި، ހަދިޔާއެއް ކަނޑައެޅުއްވީ ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

ފަސް މާއްދާއިން ފާސްވާ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ގަދަ ދިހައަކަށް ޓާގެޓް ކޮށްގެން މަސައްކަތް ކުރުމުގެ ހިތްވަރުދީ، އެ ނަތީޖާއަށް ވާޞިލްވާ ދަރިވަރުން އިތުރުކުރުން ބޭނުން ވަނީ" ފަޔާޒު ވިދާޅުވިއެވެ.

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ ހަތަރު ދަރިވަރުން ހިމެނިފައި ވެއެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އަށް  260 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *