އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ކުސުމް ވެލިކަލާ އަވަހާރަވެއްޖެއެވެ.
އަވަށްޓެރި ސްރީލަންކާއަށް އުފަން ވެލިކަލާ، އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ވެލިކަލާ ވަނީ ދެ ފަހަރެއްގެ މަތިން 12 އަހަރު އަމީނިއްޔާއަށް ޚިދުމަތް ކުރައްވާފައެވެ. ކުރީގެ ޕްރިންސިޕަލް އަވަހާރަވުމާއެކު އެހާރާއި މިހާރުގެ ދަރިވަރުން އަންނަނީ އެ ދަރިވަރުންގެ ހިތުގެ ޝުޢޫރު ފާޅުކުރަމުންނެވެ.
ދަރިވަރުންނާއި ޓީޗަރުންގެ ލޯބި ހޯއްދެވީ ވެލަކަލާއާ ބެހޭ ގޮތުން މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދިވެހި އަންހެން ކުދިންގެ ތަޢުލީމުގައި ވެލިކަލާގެ ޙިއްސާ ބޮޑު ކަމަށެވެ.
ވެލިކަލާ ވަނީ، ހަމައެކަނި އަންހެން ކުދިންގެ ތަޢުލީމަށް ޚާއްޞަ ކޮށްފައިވާ ސްކޫލުން ފޯރުކޮށްދިން ތަޢުލީމުގެ ފެންވަރު މަތި ކޮށް، ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވެސް ވަނީ ވެލިކަލާ އަވަހާރަވުމުގެގެ ހިތާމައިގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
advertisment
ހިޔާލު