މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންގެ ފަރާތުން 56،300 ރުފިޔާގެ އެހީއެއް ފިޔަވައްޗަށް ހަދިޔާކޮށްފިއެވެ. މިއީ އިޖްތިމާއީ ޒިންމާގެ ދަށުން އެ އޮތޯރިޓީގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ހިންގާ ހަރަކާތުގެ ތެރެއިން ބައެކެވެ.

މީރާއިން ދިން އެއހީ ހަވާލުކުރުމަށް އިއްޔެ ވަނީ ފިޔަވަތީގައި، އެތަނުގައި މިހާރު އުޅެމުންދާ ކުދިންނާއެކު ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި މީރާގެ އިސްވެރިން ހިމެނޭހެން މުވައްޒަފުން ވަނީ ފިޔަވަތީގައި އުޅޭ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
މީރާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ފިޔަވައްޗަށް މިފަދަ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މީރާއިން ކުރިއަށް ގެންދިޔަ ހަވީރުގައި، މުވައްޒަފުންގެ ފަރާތުން ދިން ތަކެތި ހަވާލުކޮށް ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީޢުއެވެ. އެހީއާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމެވެ.
advertisment
ހިޔާލު