ފީވަކު ސްކޫލްގެ ވަށާފާރާއި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ޔެސް މޯލްޑިވްސްއަށް

ށ. ފީވަކު ސްކޫލްގެ ވަށާފާރާއި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.

ޕީއެސް އައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ޔެސް މޯލްޑިވްސްއިން ކުރަނީ 14.7 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން އެކުންފުނިން ހުށަހަޅާފައި ވަނީ 365 ދުވަހުގެ ތެރޭގައެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. އަދި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރ އަޝްހަދު ސައީދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *