ކަލާފާނު ސްކޫލްގެ ޕޭސްބުކް އެކައުންޓް ހެކްކޮށްފި

ކަލާފާނު ސްކޫލްގެ ޕޭސްބުކް އެކައުންޓް ހެކްކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު އެ މި މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ރިޕޯޓުކޮށް އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަލާފާނު ސްކޫލްގެ ފޭސްބުކް ޕޭޖު އެންމެ ފަހުން އަޕްޑޭޓް ކޮށްފައި ވަނީ މީގެ ދެ ދުވަސްކުރިންނެވެ. އެ ދުވަހު ލާފައި ވަނީ އެ ސްކޫލްގެ ޓީޗަރު، އާމިނަތު ރަމްލާ، ލިޑްލްމެއިޑް ލީޑަރސް ޓްރެނިންގ ލެވެލް ދޭއް، ނިންމި ވާހަކައެވެ. އަދި ނިމިގެންދިޔަ ލިޓްލްމެއިޑް ކޭމްޕްގައި އެންމެ ރަނގަޅު ކޭމްޕާއަކަށް ހޮވުނީ ވެސް އޭނާއެވެ.

ހެކްކުރި ފަރާތުން އެއްވެސް ޕޯސްޓެއް އާންމުންނަށް ފެންނާނެހެން މިހާތަނަށް ޕޯސްޓް ކޮށްފައެއް ނުވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *