އެކްރެޑިޓް ކޮށްފައިނުވާ މަތީ ތަޢުލީމުގެ ކޯސްތައް އިޝްތިހާރު ކުރަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދުގެ 5 ވަނަ މާއްދާ ގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމުގެ ކުރިން މި އޮތޯރިޓީން އެކްރެޑިޓް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އެ އޮތޯރިޓީން އެކްރެޑިޓްކޮށްފައި ނުވާ ޕްރޮގްރާމްތައް އިޝްތިހާރު ކުރަމުންދާކަން އެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.
މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް އެކްރެޑިޓްނުކޮށް ހިންގުމާއި އިޝްތިހާރު ކުރުމަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ ދަށުން ހަދައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "އެކްރެޑިޓޭޝަން ޤަވާއިދު" ގެ 29 ވަނަ މާއްދާ އާއި "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" ގެ 7 ވަނަ މާއްދާ ގެ (b) ގެ ދަށުން މަނާ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
" ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ނުފެތޭ ގޮތަށް އަދި މި އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކެއް ގެ ގޮތުގައި ޢާއްމުންނަށް އޮޅުން އަރާގޮތަށް އިޝްތިހާރުކުރަމުންދާ ކަން ޢާއްމުން ގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ." ކޮލިފިކޭޝަންސް އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނީ، އެ އޮތޯރިޓީން ހުއްދަ ނުދޭ ދެ ޕްރޮގފްރާމެއް އެވިޑް ކޮލެޖްގެ އިންސްޓަގްރާމް ޕޭޖުގައި އިސްތިހާރު ކޮށްފައިވާ ކަމަށެވެ. އެއީ ހަތަރު މަސްދުވަހުގެ އޭސީސީއޭ އެޕްލައިޒް ނޮލެޖް ކޯހާއި، އެއް އަހަރުގެ އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ކޯހެވެ.
advertisment
ހިޔާލު