ނޫރާނީ ސްކޫލަށް 12 ކުލާސްރޫމް، ފިނޭ ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް، ފުޅަދޫ ސްކޫލަށް އޮފިހަކާއި ކުލާސް ރޫމެއް
އައްޑޫ ސިޓީ ހިތަދޫ، ނޫރާނީ ސްކޫލަށް 12 ކްލާސްރޫމާއި، ހދ. ފިނޭ ސްކޫލަށް މަލްޓިޕަރޕަސް ހޯލަކާއި ބ. ފުޅަދޫ ސްކޫލަށް އޮފިހަކާއި ކުލާސް ރޫމެއް އިތުރު ކުރަން ކޮންޓްރެކްޓަރުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފިއެވެ.
ނޫރާނީ ސްކޫލުގެ 12 ކްލާސްރޫމް ހިމޭނޭ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި އިމާރާތަށް 12.4 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ނިންމަން އެ ކުންފުނިން އެއްބަސްވެފައި ވަނީ 365 ދުވަހުގެ ތެރޭގައެވެ.
އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ.ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަލީ ނޫރައްދީނެވެ.
ހދ.ފިނޭ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ހަވާލު ކުރީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. 365 ދުވަހުގެ ތެރޭގައި އެ ކުންފުނިން މި މަސައަތް ނިންމަނީ 12.5 މިލިއަން ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުޙައްމަދު ފަޒީލެވެ.
ބ.ފުޅަދޫ ސްކޫލް އޮފީހާއި އެއް ކްލާސްރޫމްގެ މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ އެ ކުންފުނިން މި މަސައްކަތް ނިންމަނީ 95 ދުވަހުގެ ތެރޭގައި 2.5 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ.
އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް އަބްދުﷲ ސައީދެވެ.
advertisment
ހިޔާލު