އެލައިޑްގެ އެޑިޔުކޭޝަން ފަންޑުގެ އެހީ އަށް ސްކޫލަކަށް

އެލައިޑް އިންޝުއަރެންސްގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ބޭނުންވާ ސްކޫލްތަކާއި ޖަމިއްޔާތަކަށް ޕްރޮޕޮސަލް ހުށަހަޅަން ހުޅުވާލީ އޮގަސްޓް މަހުގެ ތެރޭގައެވެ. ހުށަހެޅި ޕްރޮފޯސަލްތަކަށް ބަލައި، އެޑިއުކޭޝަން ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދޭން ނިންމީ،
  • ބއ.އަތޮޅު ސްކޫލް، (ދަރަވަންދޫ)
  • ށ.ފީވަކް ސްކޫލް
  • ލ.އަތޮޅު ސްކޫލް، މާބައިދޫ
  • ކޮނޑޭ ސްކޫލް، ގއ.ކޮޑޭ
  • ރ.ހުޅުދުއްފާރު ސްކޫލް
  • ގދ ތިނަދޫ އަބޫބަކުރު ސްކޫލް
  • ބ.ހިތާދޫ ސްކޫލް
  • ހއ ބާރަށު ސްކޫލް އަށެވެ.

މިއިން ކޮންމެ ސްކޫލަކަށް 25،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ. ސަރުކާރުގެ ސްކޫލްތަކަށް ކުރިމަތި ލެވޭ ގޮތަށް ހުޅުވާލި މި އެހީގެ ދަށުން، ސްކޫލުތަކުގެ ލައިބްރަރީތައް ތަރައްޤީ ކުރުމުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ ކުރިއެރުމަށް މި އެހީ ބޭނުން ކުރެވޭނެ ކަމަށް އެލައިޑުން ބުނެއެވެ.

ކޮމިޔުނިޓީ ފަންޑުން އެހީދެން ނިންމި ޖަމިއްޔާ ތަކަކީ:

  • ގއ. ކޮނޑޭ ކިއްސަރު ޖަމިއްޔާ
  • ގދ. ހޯޑެއްދޫ ހޯޑެއްދޫ ސްޕޯޓްސް
  • ބ. އޭދަފުށީ ފައުންޑޭޝަން އޮފް ޔޫތް ލިންކޭޖް
  • ރ. ކިނޮޅަހު ޖަމިއްޔަތުލް އިއްތިހާދު އެވެ.

އިޖްތިމާއީ ޒިންމާގެ ދަށުން ކޮމިއުނިޓީ ފަންޑުގެ ދަށުން ޖަމިއްޔާ ތަކަށް ދެނީ 50،000 ރުފިޔާގެ އެހީއެކެވެ.

އެލައިޑުން ބުނީ އަންނަ އަހަރު ވެސް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *