ތައިލަންޑްގައި ބޭއްވުނު ފީޑިންގ ފްރެންޒީ 2022 ފެތުމުގެ މުބާރާތުގައި އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އަހަރުގެ14 ހަނާން ޙުސައިން ޙަލީމް އާކޮށްފިއެވެ. މިރެކޯރޑް ހަނާން އައުކޮށްފައިވަނީ 01.18.51 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.
މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިރާލް ޢައިން ލަތީފްއެވެ. އެއީ، މިއަހަރު ބޭއްވުނު 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
advertisment
ހިޔާލު