އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލުގައި ކެޔޮދޫ ސްކޫލާ ބައްދަލުކޮށް، 1-4 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި ފަސް ޓީމު ބައިވެރިވިއިރު، ކެޔޮދޫ ސްކޫލް ބަލިވީ، ފައިނަލުން އެކަންޏެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވެސް އެއީއެވެ.
ފައިނަލް މެޗްގައި ސީއެޗްސީގެ މުހައްމަދު ފައިޒާން ފަޒީން ވަނީ ދެ ގޯލް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ގޯލް ޖެހީ އަހްމަދު ޔަޒިން މަހްދީގެ އިތުރުން އަބްދުﷲ ޝަޔާނެވެ. ކެޔޮދޫ ސްކޫލުން ގޯލްޖެހީ ޝާއިގް އާދަމް މުހައްމަދެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސީއެޗްއެސްއީގެ ދައްޔާން އަހްމަދު ހޯދިއިރު، 12 ލަނޑުޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މުހައްމަދު އައިހަމެވެ.
އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީގެ ކޯޗް އިރުޝާދުދިން އަހްމަދު ސުޒެއިރެވެ.
advertisment
ހިޔާލު