ޞިނާޢީ ހަތަރު ވަނަ އިންޤިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް: އެޑިޔުކޭޝަން މިނިސްޓަރު

ޞިނާޢީ ހަތަރު ވަނަ އިންޤިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ހަވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ސިނާޢީ ހަތަރު ވަނަ އިންޤިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް ކަމަށެވެ. ލިޔަންކިޔަން ދަތުމާއި ހިސާބުގެ ހުނަރުތަކުގެ އިތުރުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމުގެ ހުނަރާއި ތިމާގެ ޝައުޤުވެރިކަން ދަމައިގަތުމަށް އެކި ކުލަތަކާއި އަޑުތަކުން ޒީނަތްތެރިވެގެން ތިމާއާ ދިމާއަށް އަންނަ ފޭކު މެސެޖުތަކުން ރެކުމުގެ ހުނަރު ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެއީ ކްރިޓިކަލް ތިންކިންގގެ ހުނަރާއި ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ޤާބިލު ކަމެވެ.

" ކޮންމެ މަދަރުސާ ކުއްޖަކާ މިއަދު ކުރިމަތިވަނީ، ތަފާތު އެތައް ވީޑިއޯތަކަކާއި މަންޒަރުތަކެއް. ބައެއް މީހުން ރީތިކަމަށް، ހުތުރު ކަންތައްތައް ހަދާ. ޙަރާމްކަންކަން ޙަލާލު ކަންކަމުގެ ގޮތުގައި ދައްކުވާ. ނިޔާ އާއި އަނިޔާ އެއްގޮތް ކުރަން އުޅޭ.  އިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަން ވަނީ ލާ މެހިފައި. ފޭކު ޚަބާރާއި ޙަޤީޤީ ޚަބަރު ވަނީ މެކުވެފައި. ޞައްޙަ ނޫން އެތައް މަޢުލޫމާތުގެ ބޯވާރެއިން، ޙަޤީޤަތުގެ މަލަމަތިވެސް ގެއްލޭ"

މިނިސްޓަރު ވިދާޅުވީ، މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މަޢުލޫމާތުގެ މިންވަރަކުން. އަދި ވިސްނާއިރު، މަޢުލޫމާތު ހިތުގައި ނެތް ނަމަ، އެ މަޢުލޫމާތު ހިމަނައިގެން ވިސްނޭކަށް ނޯންނާނެ ކަމަށެވެ.

" އެކި ދާއިރާތަކުން ދަރިވަރުންނަށް އެނގެން ޖެހޭ މަޢުލޫމާތު މިވަނީ އިތުރުކުރަން ޖެހިފައި. ގިނަ މަޢުލޫމާތުތަކެއް ހިތުގައި ބެހެއްޓޭނީ، އަދި ބޭނުންވާ ހިނދަކު ހޯދޭނީ، ހިތުގައި އެ ގުދަންކޮށް ތަރުތީބުކުރާ އިންތިޒާމެއްގެ ސަބަބުން. " ކުޅުދުއްފުށީގައި މިއަދު ފެށި ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވިއެވެ.
" ދަރިވަރުންނަށް އަޅުގަނޑުމެން މި ދަސްކޮށްދޭން ޖެހެނީ އޮށްޓަރުގެ އިތުރަށް ތަކެތި ދަސްކުރާނޭ ގޮތް. ތަކެތި ދެތުމަށް ފަހު، އެ ބޭނުންވާ ޙާލަތްތައް ދެނެގަނެ އެ ބޭނުންކުރާނޭ ގޮތް"  

މިނިސްޓަރު ވިދާޅުވީ، ތިމާގެ ޝައުޤުވެރިކަން ހޯދުމަށް ތަފާތު މަޢުލޫމާތާއި މަންޒަރުތައް ވާދަކުރަމުންދާއިރު، ދަރިވަރުންގެ ގައިގައި ޝަޚްޞީ ސިފަތަކެއްވެސް އަށަގަންނުވަން ޖެހޭ ކަމަށެވެ. ވަކި ކަމަކަށް ސަމާލުކަން ދީ، ފޯކަސް ކުރުމާއި، ވިސްނާ ގޮތާ ބެހޭ ގޮތުން ވިސްނުމާއި  ނަފްސަށް އިތުބާރު ކުރުމާއި އަނެކާގެ އިޙްސާސްތައް ދެނެގަތުމާއި ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތްކުރާށެވެ.

" ކަންކަން ހޯދާބެލުމުގެ ޝައުޤުވެރިކަން — ކިޔުރޯސިޓީ ނުވަތަ އަރުމަވެރިކަން. އަމިއްލައަށް ތަޖްރިބާކޮށްގެން ދަސްކުރުމާއި ކުރަން ފަށާކަމެއް ދޫނުކޮށް އެއްވާނެއްގައި ކުރުން"  

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *