ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، މިއަދު ވަނީ ރިޕޯޓް ފޯމް ދީފައެވެ. މިއަދަށްފަހު ސްކޫލްތައް ބަންދުވެ، ދަރިވަރުންނަށް ޗުއްޓީ ލިބޭނެއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން ޗުއްޓީ ލިބޭނީ މިއަދުން ފެށިގެން ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ފެށީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގައި 92 ދުވަހު ކިޔަވައިދީފައި ވެއެވެ.

ދިރާސީ ކަލަންޑަރުގައި ބުނެފައިވާ ގޮތުން 203 ދުވަހު ކިޔަވައިދޭއިރު، ދެވަނަ ޓާމުގައި 111 ދުވަހު ކިޔަވައިދޭނެއެވެ. ދެވަނަ ޓާމުގެ މެދު ޗުއްޓީ ލިބޭނީ އަންނަ އެޕްރީލް 16 ވަނަ ދުވަހުން 20 ވަނަ ދުވަހަށެވެ. ދެވަނަ ޓާމުގެ ޓެސްޓް އޮންނާނީ 28 މެއިން 15 ޖޫން އަށެވެ. ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
advertisment
ހިޔާލު