ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ. ޣާޒީ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ މަރިޔަމް މުޙައްމަދެވެ. އޭނާ ބަދަލު ކުރެއްވީ މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށެވެ.

ބަޝީރާ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 33 އަހަރު ވެއްޖެއެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ 1989 ވަނަ އަހަރު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގައެވެ. ޓީޗިންގ ހައްދަވައިގެން ކިޔަވައިދެއްވަން ފެއްޓެވީ އިސްކަންދަރު ސްކޫލްގައެވެ. 1991 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް، 12 އަހަރާއި 11 މަސް ދުވަހު މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ތިން އަހަރު ދުވަހު، ޣިޔާސުއްދީން ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން އަށް މަހެއްހާ ދުވަހު، މަޖީދިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ތާޖުއްދީނާ ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. ތާޖުއްދީނުގައި 13 އަހަރު ހޭދަކުރެއްވިއިރު، އޭގެ ތެރެއިން ހަތް އަހަރު ހޭދަކުރެއްވީ ޕްރިންސިޕަލެއްގެ ގޮތުގައެވެ.
ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީއެއް، އެޑިޔުކޭޝަންއާއި އެޑިޔުކޭޝަން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ ބަޝީރާ ފާހަގަ ކުރެއްވެނީ ތާޖުއްދީނަށް ގިނަ ޔާމިޔާބީ ތަކެއް ހޯއްދަވައި ދެއްވި ޕްރިންސިޕަލެއްގެ ގޮތުގައެވެ.
advertisment
ހިޔާލު