އުމުރާގެ އަޅުކަމާއެކު ތަޖުރިބާގެ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލުގެ 19 މުދައްރިސުން ސައުދީއަށް ފުރައިފިއެވެ.
އުމުރާއަށް ފުރުމުގެ ކުރިން ޢުމްރާގެ އަޅުކާމާ ގުޅޭ ޓްރެއިނިން ޕްރޮގްރާމެއްވެސް އެ ޓީޗަރުންނަށް ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމް ނަންގަވައި ދެއްވީ ޑރ. އަނާރާ ނަޢީމާއި އުސްތާޛާ ސާމިޔާ ޒަކަރިއްޔާ އެވެ.
ކޮއްކޮމެން ޕްރީ ސްކޫލުން ބުނީ، އުމްރާގެ އަޅުކަމުގެ އިތުރުން ވޯކްޝޮޕްތަކުގައި ބައިވެރިވުމާއި އެކި މުއައްސަސާތަކަށް ޒިޔާރަތްކުރުމާއި މައްކާއާއި މަދީނާއާއި ޖިއްދާގައިވާ އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމާއި ދެ ޙަރަމްފުޅަށް ސަޢުދީ އިން ކުރާ ޚިދުމަތްތައް ބަލައިލުމުގެ ފުރުޞަތު ލިބޭނެއެވެ.
އެ ސްކޫލުން ބުނީ، މިއީ މައްކާގެ ހެޔޮއެދޭ ފަރާތަކުން އެ ސްކޫލަށް ވެދެއްވި ދީލަތި އެހީއެއް ކަމަށެވެ.
ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީއާ ހަމައަށް ކިޔަވައިދޭ ކޮއްކޮމެން ސްކޫލަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްކޫލެކެވެ.
advertisment
ހިޔާލު