ފާއިތުވި އަހަރު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި، ސާނަވީން އަނޫފް ހުސައިން ފަޔާޒަށް، މަތީ ސާނަވީން މަރްޔަމް ލީން ހޯދައިފިއެވެ.
ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި، ފާއިތުވި އަހަރު ސާނަވީން ދެވަނަ ހޯދީ ފާތިމަތު ޢުލްފާ އަބްދުﷲ އެވެ. ތިން ވަނަ ހޯދީ އައިޝަތު އައިން އަކުރަމެވެ.

ގުރޭޑް ހަތަކުން ފެށިގެން 12އާ ހަމައަށް 507 ދަރިވަރުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާއިރު، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ 55 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވެއެވެ. އަދި އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގައި 29ދަރިވަރުން ހިމެނި، އޭ ލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގައި ހަ ދަރިވަރުން ވަނީ ހިމެނިފައެވެ.

ހުރިހާ މާއްދާއަކުން 36 އިންސައްތަ ދަރިވަރުން ފާސްވިއިރު، އެއީ ކުރީއަހަރާއި އަޅާ ބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ މަރުކަޒުން ބުނެއެވެ.
advertisment
ހިޔާލު