ފާއިތުވި ދެ އަހަރު، ފިޔޯރީ ސްކޫލުގެ އެންމެ މޮޅުދަރިވަރުންނަށް ނައުމާއާއި އިބްރާހިމް އަދި ރިފްނާ

ފާއިތުވި ދެ އަހަރު، ފިޔޯރީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ފާޠިމަތު ނައުމާ ނާޝިދާއި، އިބްރާހިމް އަމީޒު އަދި ރިފްނާ މުޙައްމަދު ހޮވައިފިއެވެ.

2020/2021 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ނައުމާއެވެ. 2019 ވަނަ އަހަރު ހޮވުނީ އިބްރާހިމެވެ. 2019 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ރިފްނާ މުޙައްމަދެވެ.

2020/2021 ވަނަ އަހަރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުނު ފާޠިމަތު ނައުމާ ނާޝިދު: ކިޔެވުމުގައި އަބަދުވެސް ކާމިޔާބު ހޯދި
2019 ވަނަ އަހަރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުނު އިބްރާހިމް އަމީޒު ޢިނާމާ ހަވާލުވަނީ

ފާއިތުވި އަހަރު އެ ސްކޫލްގެ ދެ ދަރިވަރަކު ވަނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެ ސްކޫލްގެ ފާޠިމަތު ނައުމާ ނާޝިދު ހިމެނުނީ 5 ވަނައިގައެވެ. ޝަމީޒް އަޙްމަދު ހިމެނުނީ ހަތް ވަނައިގައެވެ.

އެންމެ މޮޅު ދަރިވަރު، ނައުމާއަކީ ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަނެވެ.

ފިޔޯރީ ސްކޫލްގައި 170 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *