މަސްވެރިންގެ ދުވަސް ފާހަގަކުރަން ތ. އަތޮޅު މަދަރުސާގެ ދަރިވަރުން ދޮށީގެ މަސްވެރިކަން ކުރުމުގެ ތަޖުރިބާ ހޯދުމަށް މާކަނޑަށް ނުކުމެއްޖެއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިކަމާއި ބެހޭގޮތުން ތ. އަތޮޅު މަދަރުސާގެ ގުރޭޑު 9 ން މަތީގެ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައި ދިނުމަށް އެރަށު މަސްވެރީން އެ މަދަރުސާއާ ގުޅިގެން ކުރިއަށް ގެންދާ މުހިންމު ޙަރަކާތެކެވެ. މިދިޔަ އަހަރުވެސް މިފަދަ ދަތުރެއް އެރަށު މަސްވެރިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔައެވެ.
"މަމެންގެ ލޭނާރު 2022″ ނަމުގައި ހަތަރު ދޯނީގައި ފަޅުވެރިންގެ އިތުރުން ދެ ޖިންސްގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއި ސިއްޙީއެހީތެރިން ހިމެނޭހެން 144 މީހަކު ބައިވެރިވިއެވެ. އަދި ފުލުހުން ވެސް މި ޙަރަކާތުގައި ބައިވެރިވިއެވެ.

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ހުސައިން ޝާކިރު ވިދާޅުވީ، ހުސްވި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ ދަތުރެއް ކުރަން އެރަށުގެ މަސްވެރިން ނިންމާފައިވާ ކަމަށާއި، އެއީ ދަރިވަރުންނަށް ލިބިގެންދާ ވަރަށް މުހިންމު ތަޖުރިބާއެއް ކަމަށެވެ. މި ފަހަރު މަސްވެރިކަމުގެ އެ ދަތުރުގައި އެ ސްކޫލްގެ ގުރޭޑް 9ން މަތީ ގުރޭޑް ތަކުގެ 59 ދަރިވަރުން ބައިވެރިވިއެވެ.
" ފިރިހެން ދަރިވަރުންނަށް އަންހެން ދަރިވަރުން ދުލެއް ނުކުރޭ. އެކުދިން ވެސް ވަރަށް ޝަޢުޤުވެރިކަމާއެކު ބައިވެރިވީ" ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ، ކުރިން މަސްވެރިކަން ކުރި ގޮތް މުޅިން ބަދަލުވެއްޖެ ކަމަށާއި، ދިވެހިންގެ ލޭނާރު އާ ޒަމާނަކަށް ގެންދަން މިހާރުގެ ދަރިވަރުން އިސްނަގަންޖެހޭކަން އެކުދިންނަށް މި ދަތުރުން ބުނެދެވުނު ކަމަށެވެ.
" އަންހެން ކުދިން ވަކިން ބޮޑަށް މި ފަދަ ދަތުރުތަކަށް މާ ބޮޑު ޝަޢުޤުވެރިކަމެއް ދޭ"
ޝާކިރު ވިދާޅުވީ، މަހަށް ފުރުމާއެކު ދޯނިމަތީގައި ކުރަންޖެހޭ ހުރިހާ ކަމެއް އެކުދިންނަށް ކިޔައިދީ އަމަލީ ގޮތުން ކުދިން ލައްވައި ކުރިވިކަމަށާއި، އޭގެ ސަބަބުން ކުރިން ނޭނގޭ އެތައް ކަމެއް ދަރިވަރުންނަށް ދަސްވެ މައުލޫމާތު ލިބުނު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަސްވެރިކަމުގައި ޑައިވް ކުރުމަކީ މިހާރު މުހިންމު ކަމަކަށް ވެފައިވާއިރު، ޑައިވިން ކުރުމުގައި ސަމާލުކަން ދޭނެ ކަންތައްތަކާއި، އެމުގެ ވައްތަރުތަކާއި، ލައިޓް ދިއްލައިގެން އެން ނެގުމާއި، ނެވިގޭޝަނާއި ވަލުގައި އެ ހާލަތަކާ ގުޅޭ ގޮތުން ގޮށް ޖަހާނެ ގޮތްތައް ވަނީ ދަރިވަރުންނަށް ދަސްކޮދީފައެވެ.
މި ޙަރަކާތުގައި ގުރައިދޫގެ ހަތަރު ދޯންޏަކުން ބައިވެރިވިއެވެ. ޔުނިޓީއާއި މަލާފަތް 4އާއި އޯޝަން ލައިފްއާއި އާއިލާ ދޯންޏެވެ.
ޝާކިރު ވިދާޅުވީ، އިއްޔެ މެންދުރު ފަހު މަހަށް ފުރި ހަތަރު ދޯނީގެ ތެރެއިން ދެ ތިން ދޯންޏެއް އައިއިރު، ދެ ދޯނިން މަސް ބޭނިކަމަށެވެ. އަނެއް
" ހަތަރު ދޯނިން އެއް ދޯންޏަށް އެކަށީގެންވާ ވަރަށް މަހެއް ނުބޭނޭ، ތިން ދޯނިގެ ތެރެއިން ދެ ދޯންޏެއް މަސްބާނައިގެން އައިއިރު، އެއް ދޯނި ވީ މާކަނޑުގައި"
ދަރިވަރުންނަށް ކޮންމެ އަހަރަކު ދޭ މި ސިލްސިލާ ދަތުރަކީ އެރަށުގެ މަސްވެރިންނާއި ކައުންސިލާއި ސިއްޙީމަރުކަޒާއި ފުލުހުންގެ ބޮޑު ދައުރެއް އޮވެގެން ކުރިއަށް ގެންދާ ޙަރަކާތަކަށް ވާތީ، އެފަރާތްތަކަށް އެ މަދަރުސާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު