21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ސެޓެމް ލެބެއް ޏ. އަތޮޅު ތަޢުމީ މަރުކަޒުގައި ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާޞަތުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒާ ދޭތެރޭ ކުރައްވާ ތަސައްވަރު ވަރަށް އުޖާލާ ކަމަށާއި، ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ނަމޫނާ ސްކޫލުތަކުގެ ގޮތުގައި، ދިވެހިރާއްޖޭގެ އުތުރުންނާއި ދެކުނުން ދެ ސްކޫލެއް ތަރައްޤީކުރަން ނިންމެވިއިރު އޭގެ ތެރެއިން އެއް ސްކޫލެއް ކަމުގައި ހަމަޖެއްސެވީ ޏަވިޔަނި އަތޮޅު ތަޢުލީމީ މަރުކަޒު ކަމަށެވެ. އެ ސްކޫލުގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދެވޭނެ ޝާމިލު ވެއްޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވައި، ދަރިވަރުންނަށް ކާމިޔާބުކަމާއެކު ދިރިއުޅުމަށް ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ވާރކްޝޮޕްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، އެ ސްކޫލުން ކިޔަވާ ދަރިވަރުންނަށް 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ސްޓެމް ލެބް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، އެ ސްކޫލުން ނުކުންނަ ދަރިވަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކަކަށް ހެދުމަށްޓަކައި ތަފާތު ވައްތަރުގެ ކުޅިވަރުތައް މި ސްކޫލުގައި ތައާރަފްކުރެވޭނެ ކަމަށެވެ. އުންމީދަކީ އެ ސްކޫލުން ނުކުންނަ ކޮންމެ ދަރިވަރަކީ ސައްހަ އިސްލާމްދީން މަތީގައި ދެމިހުރި 21ވަނަ ޤަރުނުގައި ކާމިޔާބުކަމާއެކު ދިރިއުޅުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުލިބިފައިވާ، ޤައުމަށް ފައިދާހުރި ދުޅަހެޔޮ ހަށިހެޔޮ ކުއްޖަކަށްވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
advertisment
ހިޔާލު