ހަންގޭރީ ސަރުކާރުންދޭ 25 ސްކޮލަރޝިޕަށް ހުޅުވާލައިފި

ހަންގޭރީ ސަރުކާރުންދޭ 25 ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

" ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕް 2023 " ގެ ނަމުގައި މިއަދު ހަންގޭރީ ސާރުކާރުން ފުރުޞަތު ދިނީ، އަށް ބެޗްލަރސް ޑިގްރީއާއި، ސާދަ މާސްޓަރސް ޑިގްރީއާއި، ތިން ޕީ.އެޗް.ޑީ / ޑީ.އެލް.އޭ އަށް ކިޔެވުމަށެވެ.

މިއީ ސްޓައިޕެންޑިއަމް ހަންގޭރިކަމް އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ދޭ ސްކޮލަރޝިޕްތަކެކެވެ. ކިޔެވުން ހަމަޖެހިފައިވަނީ ހަންގޭރީގެ ޔުނިވަރސިޓީތަކުންނެވެ.

މި ސްކޮލަރޝިޕްގެ ލިބޭފަރާތްތައް ހޮވުމަށް ފައިނަލް ސިލެކްޝަން ހަދަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ނެވެ. މި ނޮމިނޭޓްކުރެވޭ ކެނޑިޑޭޓުންގެތެރެއިން ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ހަންގޭރީ ސަރުކާރުންނެވެ.

މީގެ ކުރިން ވެސް ހަންގޭރީންވަނީ މީގެ ސްކޮލަރޝިޕެއް ދީފައެވެ. އެ ސްކޮލަރޝިޕްގެ ދަށުން 12 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެންމެ ފަހުވަގުތަކީ 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 (ސެންޓްރަލް ޔޫރަޕިއަން ޓައިމްސް). އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސްކޮލަރޝިޕްދޭ ފަރާތް ކަމުގައިވާ ސްޓައިޕެންޑް ހަންގޭރިކަމް www.stipendiumhungaricum.hu އަށާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ މައި އެޑިޔު ޕޯޓަލްއަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *