ރާއްޖޭގެ ދިހަ ސްކޫލެއްގެ ސެން ކުލާސްތަކުގައި ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ތަކެތި ދިވެހި ޤައުމީ ބޭންކުން ހަދިޔާކޮށްފިއެވެ.
އެ ބޭންކުން ހަދިޔާ ކުރީ ކުދިންގެ ޤާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްޤީކުރުމާއި އެކުދިންގެ ތަޢުލީމީ ބޭނުންތަކަށް ބޭނުންވާ މުހިންމު ތަކެއްޗެވެ.

ދިވެހި ބޭންކުން ބުނީ، އެ ބޭންކުން ފޯރުކޮށްދިން ތަކެތީގެ ސަބަބުން ރާއްޖޭގެ އެކި ސްކޫލްތަކުގެ 260 ދަރިވަރުންނަށް ކިޔެވުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިންވެސް އެ ބޭންކުން ވަނި 30 ސްކޫލެއްގެ ސެން ކުލާސްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައެވެ.
ބީއެމްއެލްއިން ތަކެތި ފޯރުކޮށް ދިނީ:
މުލަކު ސްކޫލް، މ. މުލައް
މަރަދޫ ސްކޫލް، ސ. މަރަދޫ
މާވަށު ސްކޫލް، ލ. މާވަށް
ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
ގއ. އެޑިއުކޭޝަން ސެންޓަރ، ގއ. ވިލިގިނލި
ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ތ. ތިމަރަފުށި
ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ނ. ވެލިދޫ
ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު
advertisment
ހިޔާލު