ސްޕެޝަލިސްޓް ނަރުހުން މާސްޓރސް ފެންވަރަށް ރާއްޖެއިން ބޭރުން ތަމްރީނުކުރުމަށް 15 ސްކޮލަރޝިޕަށް މިއަދު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި 15 ސްކޮލަރޝިޕްގެ ދަށުން ސާރކްގެ ގައުމެއްގައި ނުވަތަ މެލޭޝިޔާ ނުވަތަ ފިލިޕީންސްގެކިޔަވައިދޭ މަރުކަޒެއްގައި ކިޔެވޭނެ ކަމަށެވެ. ކޯހުގައި ކިޔެވުމަށް ޖާގަހޯދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ލިބޭފަރާތްތަކުންނެވެ. ޖާގަހޯދުމުގައި މޯލްޑިވްސް ނާރސިންގ ކައުންސިލުން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއްކަމާއި އަދި ކޯހެއްކަން ކަށަވަރުކުރަންވާނެ ކަމަށާއި، އިޚްތިޔާރުކުރާ ކޯހަކީ، އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ، ފުލްޓައިމް ކޯހެއް ކަމުގައި ވާންވާނެ ކަމަށެވެ. އަދި ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަ ކުރަންޖެހޭ ކޯހަކަށް ވުމާއި، ކޯހުގައި ސްޕަރވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނިފައި އެއީ ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަޖައްސައި ދޭނޭ ކޯހަކަށްވެސް ވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހަޔަރ އެޑިޔޭޝަނުން މިއަދު ބުނީ، ސްކޮލަރޝިޕްގައި ކިޔެވުމަށް ޖާގަ ހޯދަން ހަ މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. ކޯސްފީގެ އިތުރުން މަރުކަޒު ހުންނަ ޤައުމަކަށް ދެކޮޅު ޓިކެޓް، މަހުންމަހަށް ގައުމުތަކަށް ކަނޑައެޅިފައިވާ ރޭޓުން ސްޓައިޕެންޑް، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް، އިންޝުއަރެންސް ޚަރަދާއި އަދި ވިސާ ޚަރަދު ވެސް ހަމަޖައްސައި ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ސްކޮލަރޝިޕް ކަނޑައަޅާފައި ވަނީ ރާއްޖޭގެ އަށް ހޮސްޕިޓަލަށް އަމާޒުކޮށްގެންނެވެ. ސްކޮލަރޝިޕްތައް ފުރިހަމަ ކުރާފަރާތްތަކުން އެ ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޮލަރޝިޕް ދޭން ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކަކީ:
- އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
- ހުޅުމާލެ ހޮސްޕިޓަލް
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
- ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
- ލ. ގަން ރީޖަނަލް ހޮސްޕިޓަލް
- ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- މ. މުލީ ރީޖަނަލް ހޮސްޕިޓަލް
މި ސްކޮލަރޝިޕްގެ ދަށުން ސްޕްޝަލައިޒްވުމަށް ހުޅުވާލީ 27 ދާއިރާއަކުންނެވެ. އެއީ:
- މެޓާރނަލް ޗައިލްޑް ހެލްތް
- ނިއޯނޭޓަލް އިންޓެންސިވް ކެއަރ
- ޕެލިއޭޓިވް އޮންކޮލޮޖީ
- ނިއޯނޭޓަލް
- ތިއޭޓަރ
- ކޮލިޓީ އެޝޫރަންސް
- އޯތޯޕީޑިކް
- މެންޓަލް ހެލްތް
- ޔޫރޮލޮޖީ އެންޑް ނެފްރޮލޮޖީ
- އިންފެކްޝަން ކޮންޓްރޯލް
- ކާރޑިއޮލޮޖީ
- މިޑްވައިފްރީ
- ރީޕްރޮޑަކްޓިވް ހެލްތް
- ޓްރޯމާ އެންޑް އިމަރޖެންސީ ކެއަރ
- އެނެސްތީސިއާ
- މެޓާރނަލް އެންޑް ޗައިލްޑް ހެލްތް
- އިމަރޖެންސީ ކެއަރ
- ކްރިޓިކަލް ކެއަރ
- ކާރޑިއެކް ކެއަރ
- ތިއޭޓަރ
- މިޑްވައިފްރީ އެންޑް އޮބެސްޓެޓްރިކަލް
- ޑަޔަލިސިސް
- އޮންކޮލޮޖީ
- އިންފެކްޝަން ކޮންޓްރޯލް
- ޑަޔަލިސިސް
- ސައިކެއާޓްރިކް
- ނާރސިންގ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން
މި ސްކޮލަރޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިންނެވެ.
advertisment
ހިޔާލު