ރެހެންދި ސޭލް 25 ޑިސެމްބަރުން 3 ޖެނުއަރީއަށް

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން ބާއްވާ "ރެހެންދި ސޭލް" މިމަހު 25ން ޖެނުއަރީ 3އަށް ބާއްވަން އެ ސްކޫލުން ނިންމައިފިއެވެ.

އެ ސްކޫލުން ކުރި އިއުލާނުގައި ބުނެފައިވަނީ، ސޭލްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުޞަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ސްކޫލުން ދަރިވަރު ނޫހަށް މައުލޫމާތު ދިން ގޮގުގައި މި ސޭލުން 126 ސްޓޯލް ދޫކުރާނެއެވެ. އޭގެ ތެރެއިން 76 ސްޓޯލް ދޫކުރަނީ ސްކޫލްގެ ގޯތި ތެރެއިންނެވެ. ބާކީ ހުރި ސްޓޯލްތަކަށް ޖާގަ ހަމަޖައްސަނީ ސްކޫލްގެ ހޯލުންނެވެ.

2000 އެއްހާ ދަރިވަރުން ކިޔަވަމުންދާ ރެހެންދި ސްކޫލުން، ސޭލްގެ ނަމުގައި މި ޙަރަކާތް ކުރިއަށް ގެންދާތާ މިއީ ދެ ވަނަ އަހަރެވެ. އޭގެ ކުރީގެ ފަސް އަހަރު ބޭއްވީ "ރެހެންދި ނައިޓް މާކެޓް" ގެ ނަމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *