ހުސްވި އަހަރު އޯލެވެލް އިމްތިޙާނުގައި މެރިން ސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލްތައް ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެ މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލްތައް އިޢުލާން ކޮށްފައެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތް ސްކޫލުގެ ތެރޭގައި ހިމެނެނީ މާލޭގެ އެންމެ ދެ ސްކޫލެވެ. އެއީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލާއި މާލޭގައި ހުންނަ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ދެން ހިމެނުނީ، ނ. ކުޑަފަރީ ސްކޫލާއި ދ. ރިނބުދޫ ސްކޫލާއި ގއ. ފިޔޯރީ ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒާއި ބ. ތުޅާދޫ ސްކޫލެވެ.
މި ސްކޫލްތަކަށް ދެނީ ހަނދާނީ ލިޔުމެކެވެ.
advertisment
ހިޔާލު