އިއުފަވި ޤުރުއާން މުބާރާތް: އެއްވަނަ ސްކޫލަކަށް ގދ. އޭއީސީ އާއި އަބޫބަކުރު ސްކޫލް، ދަރިވަރުންނަށް ޝަލްޝަލްއާއި ޝަޔާން

އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރު {އިއުފަވި} ގެ 13 ވަނަ ޤްރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ބޭއްވި މި މުބާރާތުން، ބަލައިގެން ކިޔުމުން އެއްވަނަ ހޯދީ އެއްވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު ޝަޔާން ޝިޒާންއެވެ. ހިތުން ކިޔުމުގެ ބައިން އެއްވަނަ ހޯދީ، އަމިއްލަ ގޮތުން ވާދަކުރި އަޙްމަދު ޝަލްޝަލް ރަޝާދުއެވެ.

ހަތް އުމުރު ފުރާއިން،  ބަލައިގެންނާއި ނުބަލައި ކިޔެވުމުގައި 110 ދަރިވަރުން ބައިވެރިވިއެވެ.

މި މުބާރާތުގައި ބައިވެރިވެފައި ވަނީ، އަބޫބަކުރު ސުކޫލާއި ތިނަދޫ ސުކޫލާއި ގދ އަތަޅު ތަޢުލީމީ މަރުކަޒާއި ވިނަވި ޤުރްއާން ކުލާހުންނެވެ. އަދި އަމިއްލަ ގޮތުން 30 ދަރިވަރަކު ބައިވެރި ވެފައިވެއެވެ.

ސްކޫލްތަކުން އެއްވަނަ ހޯދީ އަބޫބަކުރު ސްކޫލުންނެވެ. ދެވަނަ ހޯދީ ތިނަދޫ ސްކޫލުންނެވެ. ތިން ވަނަ ހޯދި ވިނަވި ޤުރްއާން ކުލާހުންނެވެ.

މުބާރާތުގެ ވަނަތައް: 

ބަލައިގެން ކިޔެވުން:

އެއްވަނަ: މުޙައްމަދު ޝަޔާން ޝިޒާން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދެވަނަ: އާމިނަތު އަނާތު ތަލްޢަތު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ތިން ވަނަ: މޫސާ މާޒިން ބިން ޔޫސުފް، އަބޫބަކުރު ސްކޫލް

ހިތުން ކިޔެވުން:

އެއްވަނަ: އަޙްމަދު ޝަލްޝަލް ރަޝާދު، އަމިއްލަ

ދެވަނަ: ފާޠިމަތު ނީމް ޝިފާޒް، ވިނަވި ޤުރްއާން ކިލާސް

ދެވަނަ: ޙައްވާ އައިރީން އަމްޖަދު، ތިނަދޫ ސްކޫލް

ތިންވަނަ: މުޙައްމަދު އައިޒަން އިބްރާހީމް ނިޔާޒް، އަބޫބަކުރު ސްކޫލް

މުވައްސަސާތަކުން:

ބަލައިގެން ކިޔެވުން:

އެއްވަނަ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދެވަނަ: އަބޫބަކުރު ސްކޫލް

ތިންވަނަ: ތިނަދޫ ސްކޫލް

ހިތުން ކިޔެވުން:

އެއްވަނަ: އަބޫބަކުރު ސްކޫލް

ދެވަނަ: ތިނަދޫ ސްކޫލް

ތިންވަނަ: ވިނަވި ޤުރްއާން ކިލާސް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *