އުނގޫފާރު ސްކޫލަށް ކުދިން ބަލާދާ ބެލެނިވެރިން މަޑުކޮށްލައިގެން ތިބެލާނެ "ބެލެނިވެރިންގެ ހިޔާ"ގެ އިތުރު ތަނެއް ރޭ ހުޅުވައިފިއެވެ.
މިއީ އެރަށު ކުލަބު ޔޫތް ސޓަރ އިން ބެލެނިވެރިންނަށް ހަދައިދިން ދަނެކެވެ. މީގެ ތަނެއް މީގެ ދެ އަހަރުކުރިން އެ ޖަމިއްޔާއިން ވަނީ ހަދާދީފައެވެ.
ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި " ބެލެނިވެރިންގެ ހިޔާ 2″ ހުޅުވައި ދެއްވީ، ކޯރާކޯރާ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރެވެ. ބެލެނިވެރިންގެ ހިޔާ ބެލަހައްޓަނީ އުނގޫފާރު ކައިންސިލުގެ ފަރާތުންނެވެ. ކުލަބު ޔޫތް ސްޓަރއިން ވަނީ އެތަން އެރަށު ކައުންސިލާ ހަވާލުކޮށްފައެވެ.

ޒަމާނީ ފަންނުވެރިކަން ދައްލުވައިދޭ ހިތްގައިމު މި ހިޔާގައި ވަނީ ކުރީ ތަނެކޭ އެއްގޮތަށް، ސްކޫލްގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި، ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވި ދަރިވަރުންގެ ފޮޓޯޓައް ވެސް ބަހައްޓާފައެވެ.
އުނގޫފާރު ސްކޫލްގެ ސީނިއަރ ޓީޗަރު އަލީ ސަލީމް ވިދާޅުވީ، ބެލެނިވެރިންނަށް އިތުރު ހިޔާއެއް ލިބުމަކީ އެއީ އެ ސްކޫލުން އުފާ ކުރާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ކުދިން ބަލައި އައިސް ތިބޭ ބެލެނިވެރިންނަށް ބޮޑު ހިތްހަމަ ޖެހުމަކާއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
އުނގޫފާރު ސްކޫލްގައި 450 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު