ދަރިވަރުންގެ ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދޭ "ހެލްޕް ލައިން"ގައި މަސައްކަތް ކުރާނެ ކައުންސެލަރުން ހޯދަނީ

ބަނޑިދޫ ސްކޫލްގެ ދަރިވަރުން ގޮނޑުދޮށުގައި ފޮތް ކިޔަނީ: ކިޔުމާއި ލިޔުމަށް ދަރިވަރުންގެ ޝަޢުޤު އުފައްދަންޖެހޭ، އެއީ ގިނަ ކަންތައްތަކެއްގެ ފަރުވާއެއް- ފޮޓޯ: ބަނޑިދޫ ސްކޫލް

ސްކޫލްތަކުގެ ދަރިވަރުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދޭ "ހެލްޕް ލައިން"ގައި މަސައްކަތް ކުރާނެ ކައުންސެލަރުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާންކޮށްފިއެވެ. އެކަށީގެންވާ އަދަދަށް ކުރިމަތި ލާފައި ނުވާތީ، މިއީ މި އިއުލާން އެ މިނިސްޓްރީން ކުރި ދެވަނަ ފަހަރެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ޤާއިމުކޮށްފައިވާ ހެލްޕްލައިންގައި މަސައްކަތްކުރުމުގެ ފުރުސަތު، ސްކޫލްތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެބައޮތް ކަމަށެވެ.

މި ހެލްޕް ލައިން ބޭނުން ކުރާނީ ހަމައެކަނި ދަރިވަރުންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމަށެވެ.

ހަމައެކަނި ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށް މި މަސައްކަތަށް ކުރިމަތި ލެވޭއިރު، މަސައްކަތް ކުރަން ޖެހޭނީ ތިން މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގަޑިއަކަށް 150 ރުފިޔާއެވެ.

"ހެލްޕް ލައިން"ގައި މަސައްކަތް ކުރަން ބޭނުންވާ ކައުންސެލަރުން އަންނަ އާދީއްދަ ދުވަހުގެ 14:00 ގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީއަށް ލިޔެކިޔުންތަކާއެކު ހުށަހަޅަން ޖެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *