ޅ. އަތޮޅު މަދަރުސާގެ 90 އިންސައްތަ ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް އެ ސްކޫލުގައި ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގިނަ ދަރިވަރުންތަކަށް ފަތަން ދަސްކޮށްދޭ ނައުފަލް މޫސާއެވެ.
ޅ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ދަރިވަރު ނޫހަށް ވިދާޅުވީ، މި ފްރޮގްރާމް ހިންގާ ނިމޭއިރު ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
" އަގަނޑުމެންގެ ޓާގެޓަކީ ގުރޭޑް އެކަކުން 10އަށް ކިޔަވަމުންދާ ދަރިވަރުންގެ 100 އިންސައްތަ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުން. މިހާރު ގުރޭޑް 5ން 10ގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށް ދެވިއްޖެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ގެންދަނީ ގުރޭޑް 1ން4 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމެވެ.
" އެކުދިންގެ ޓެސްޓް މި މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފައިވާއިރު، " މަދުވެގެން 90 އިންސައްތަ ކުދިންނަށް ފަތަން ދަސްކޮށްދެވޭނެ" ކަމަށް ނިޒާމް ވިދާޅުވިއެވެ.
އެއީ 250 އެއްހާ ދަރިވަރުންނެވެ.

" އެލްކޭޖީ ޔޫކޭޖީ ކުދިން ވެސް މޫދަށް އަހުލުވެރި ކުރަން، މި ޕްރޮގްރާމުގެ ތެރެއިން އެބަ ގެންދަން"
ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ޅ. އަތޮޅު މަދަރުސާގައި ފެށީ ނޮވެމްވަރު މަހުގެ ދެ ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
advertisment
ހިޔާލު