ކެޔޮދޫ ސްކޫލުން، ސެލޯފިންއާ ދުރަށް، ފޮތްތަކާއި ފައިލްތަކަށް ފޮތި ލައްވަން ފަށައިފި

ވ. ކެޔޮދޫ ސްކޫލުން، ސެލޯފިންއާ ދުރުވެ، ފޮތްތަކާއި ފައިލްތަކަށް ފޮތި ލައްވަން ފަށައިފިއެވެ.
ކެޔޮދޫ ސްކޫލަކީ 2018 ވަނަ އަހަރުން ފެށިގެން އެއްފަހަރު އުކާލާ ޕްލާސްޓިކް ވެއްދުން މަނާކޮށްއިވާ ސްކޫލެކެވެ. އޭގެ ފަހުން އެ ސްކޫލުން ބާއްވާ އެއްވެސް ޙަރަކާތެއްގައި ސްކޫލަށް އެއްފަހަރު ވޭނުން ކުރާ ޕްލާސްޓިކް ބޭނުން ކޮށްފައެއް ނުވެއެވެ.
ކެޔޮދޫ ސްކޫލުން މިއަދު ބުނީ، އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކު ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން ކެޔޮދޫ ސްކޫލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ދިރާސީ އަހަރު ފެށުނު އިރު ވަނީ ސެލޯފިން ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޮގަސްޓް މަހުން ފެށިގެން ދަރިވަރުން ބޭނުން ކުރާ ފޮތްތަކާއި ސްކޫލުގެ އިދާރީ ކަންކަމުގައި ބޭނުންކުރާ ފައިލް ފަދަ ތަކެއްޗަށް ސެލޯފިންއާއި ޕްލާސްޓިކު ކަރުދާސް ލެއްވުމުގެ ބަދަލުގައި ބޭނުން ކުރަމުން ދަނީ ފޮތި ނުވަތަ ތިމާވެއްޓާއި ރައްޓެހި ކަވަރުތައް ކަމަށެވެ.
ޕާލޭ އެއަރ ޗެލަންޖްގެ އެންމެ ފުރަތަމަ މަރުޙަލާ ހުސްވި އަހަރު އެންމެ ކުރިން ނިންމީ ކެޔޮދޫ ސްކޫލުންނެވެ. އެ ސްކޫލުން ވަނީ ފުރަތަމަ މަރުޙަލާގައި 12،795 ކިލޯގެ ޕްލާސްޓިކް އެއްކޮށް ޕަރލޭއާ ހަވާލުކޮށްފައެވެ.
އެއަރ ޗެލަންޖްގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 13،000 އަށްވުރެ ކިލޯގެ ޕްލާސްޓިކް ފުޅި އެ ސްކޫލުން ވަނީ ޕާލޭއާ ހަވާލުކޮށްފައެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދުވާލަކަށް 9 ކިލޯގެ ޕްލާސްޓިކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *