ފުރަތަމަ ޓާމުގެ އިމްތިޙާން ފަށައިފި

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ އިމްތިޙާން މިއަދު ނަގަން ފަށައިފިއެވެ.

މި އިމްތިޙާން ކުރިއަށް ދާނީ ގުރޭޑް 7ން ފެށިގެން 9ގެ ދަރިވަރުންނަށެވެ. އަންނަ ޑިސެމްބަރު މަހުގެ 15އާ ހަމައަށް އިމްތިޙާން ކުރިއަށް ދާނެއެވެ. ގުރޭޑް 10ގެ ދަރިވަރުންގެ އިމްތިޙާން ވެސް މިހާރު ކުރިއަށް ދެއެވެ. އެ ދަރިވަރުންގ އިމްތިޙާން 13 ނޮވެމްބަރުގައި ފަށާއިވާއިރު ނިމޭނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ފުރަތަމަ ޓާމުގެ އިމްތިޙާނަށްފަހު ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި ލިބެނީ ބަންދު ދުވަސްތައް ހިމަނައިގެން 16 ދުވަހެވެ. ބަންދުވާނީ ޑިސެމްބަރު 22ގައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.

ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގައި 92 ދުވަހު ކިޔަވައިދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *