ދަރިން ތަރުބިއްޔަތު ކުރަންވާނީ ލޯތްބާއެކު އެއްވެސް ޝަރުޠަކާ ނުލައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
"ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްޠިތާޙްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި އެކަމަނާ ވިދާޅުވީ، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްޙަލާއެއްގައި ފަސޭހަ ކަމެއް ނޫންކަމަށާއި، މުޖުތަމަޢުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދިޔައީ އިއްޔެއެވެ.
ކެނދިކުޅުދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ދެއްވި ވީޑިއޯ މެސެޖްގައި މެޑަމް ފަޒުނާ ވިދާޅުވި ގޮތުގައި، މައެއްގެ ދައުރު އަދާކުރުމުގެ ތަޖުރިބާ އެކަމަނާއަށް ދަސްކޮށްދިން ފިލާވަޅަކީ ދަރިން ބެލުމަކީ ވެސް އުނގެނުމުގެ ރާސްތާއެއް ކަމަށާއި، މި ރާސްތާގައި ކުދިންނަށް އަންނަ ބަދަލުތަކާއި އެ ކުދިންގެ އިޙްސާސްތައް ދެނެގަންނަން އެނގެންޖެހޭ ކަމެވެ.
ކުދިންނަށް އިތުބާރުކުރެވޭ މަދަދުޤާރުންނަށް މައިންބަފައިން ވާންޖެހޭ ކަމަށާއި، އެކަން ޙާޞިލް ކުރުމަށް މައިންބަފައިންނާއި ދަރިން ގާތް ގުޅުމެއް އުފެދި އެކަކު އަނެކުގެ ކިބައިން ކަންކަން ދަސްކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅިވިއެވެ.
" މައިންބަފައިންގެ ދައުރު އަދާކުރުމުގައި ދަރީން ދައްކާ ވާހަކަތައް އަޑުއަހައި، އެކުދިންގެ ކަންބޮޑުވުންތަކަކީ ކޮބާތޯ ބަލައި، އެކުދިން ޖެހިލުން ވަނީ ކޮންކަމަކާތޯ ބަލަންޖެހޭ. އެކުދިން ކުރިމަގުގައި ޙާޞިލްކުރުމަށް ކުރަނީ ކޮން އުއްމީދުތަކެއްތޯ، ދެކެނީ ކޮން ހުވަފެންތަކެއްތޯ ދެނެގަނެ އޮމާންކަމާއެކު އެ މިސްރާބަށް ދަތުރުކުރާން އެހީވެދޭންޖެހޭ. ދަރިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށް ދޭންޖެހޭ" މެޑަލް ފަޒުނާ ވިދާޅުވިއެވެ.
" ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ގިރާކުރަމުން، ދަރިންގެ ކިބައިން އުއްމީދު ކަނޑާނުލާ ބެލެނިވެރިންގެ ދައުރު ފުރިހަމައަށް އަދާކުރުމުގައި ކަށަވެތިވެ ސާބިތުވެ ތިބެންޖެހޭ. ދަރިން ތަރުބިއްޔަތު ކުރަންވާނީ ލޯތްބާއެކު އެއްވެސް ޝަރުޠަކާނުލައި. ޢުމުރުން ކިތަންމެ ދޮށީ ވިޔަސް ދަރިން ވާނީ ދަރިންނަށް. ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އެއްވެސް މަރުޙަލާއެއްގައި ފަސޭހަ ކަމެއް ނޫން"
ައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއަޅުވާފައެވެ. ވަކިން ޙާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭޙަތްދިނުމަށް އެކަމަނާ ވަނީ އެދިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުންގެ ވީޑިއޯ މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވަނީ މުޖުތަމަޢުގެ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، ދަރީން އުފާވެރިކަމާ ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެ ކަމުގައި ފާހަގަކުރައްވާފައެވެ.
"ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަޚުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
advertisment
ހިޔާލު