ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ސްކޫލްތަކަށް ހުޅުވާލި ވީޑިއޯ ހެދުމުގެ މުބާރާތުގެ އެންމެ މޮޅު ތިން ވީޑިއޯ ހޮވަން އާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ، ކުޑަކުދިންނަށް ކުރާ އެކިއެކި އަނިޔާތައް ހުއްޓުވުމަށް އާންމުންނާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދަނީ އެޗްއާރުސީއެމާއި އެޑްވަކޭޓިން ފޯރ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އާ ގުޅިގެންނެވެ.
ގުރޭޑް 7ން 10 ގެ ދަރިވަރުންނަށް ހުޅުވާލި މި މުބާރާތަށް 18 ސްކޫލަކުން 38 ވީޑިއޯ ހުށަހަޅާފައިވެއެވެ.
އެޗްއާރުސީއެމުން ބުނީ، މުބާރާތަށް ހުށަހެޅި ވީޑިއޯތައް ޖަޖުންގެ ޕެނަލަކުން ބަލައި، އެންމެ މޮޅު ދިހަ ވީޑިއޯ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާގައި މިހާރު އާންމުކޮށްފައިވާނެ ކަމަށާއި، އެންމެ މޮޅު ތިން ވީޑިއޯ ހޮވުމުގައި، އިންސްޓަރގްރާމުން އެ ވީޑިއޯތަކަށް ދޭ ލައިކްތަކަށް ސާޅީސް އިންސައްތަ މާކްސް ލިބޭނެ ކަމަށެވެ. އެންމެ މޮޅު ތިން ވީޑިއޯ މިމަހުގެ 28 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
މި މުބާރާތުން އެއްވަނައަށް 3000 ރުފިޔާ، ދެވަނައަށް 2،000 ރުފިޔާ، ތިންވަނައަށް 1،000 ރުފިޔާއާއި ސެޓްފިކެޓެއް ޢިނާމެއްގެ ގޮތުގައި ލިބޭނެ ކަމަށެވެ.
އެންމެ މޮޅު ދިހަ ވީޑިއޯގެ ތެރޭގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހެޅި ދެ ވީޑިއޯ ހިމެނެއެވެ.
އެންމެ މޮޅު ވީޑިއޯ ހުށަހަޅާފައިވާ ސްކޫލްތައް:
އިސްކަންދަރު ސްކޫލް
އަމީނިއްޔާ ސްކޫލް
އިސްކަންދަރު ސްކޫލް
އަޙްމަދިއްޔާ ސްކޫލް
ޅ. އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒު
ޖަލާލުއްދީން ސްކޫލް
އަފީފުއްދީން ސްކޫލް
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝަރަފުއްދީން ސްކޫލް
advertisment
ހިޔާލު