ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން " ޓޫރިޒަމް ޖުބުލީ ވޯކް" ގެ ނަމުގައި ބާއްވާ ހިނގާލުން އަންނަ ހޮނިހިރު ދުވަހު ހަވީރު ފަށާނެއެވެ.
ހިނގާލުން ފަށާނީ ޤައުމީ ޔުނިވަރސިޓީގެ ކުރިމަތިންނެވެ. ނިންމާލާނީ ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.
މި ހިނގާލުން އިންތިޒާމް ކުރަނީ، އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއިންނެވެ. މި ހިނގާލުމުގައި އެ ޔުނިވަރސިޓީގެ ދަރިވަރުންގެ އިތުރުން މާލޭގެ 21 ސްކޫލެއްގެ ދަރިވަރުންނާއި ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ބައިވެރިވާނެއެވެ.
ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ލެކްޗަރަރ ހަޝްމާ އަދުނާން ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ހިނގާލުމުގައި އެ ޔުނިވަރސިޓީގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި މުވައްޒަފުން ވެސް ބައިވެރިވާނެ ކަމަށެވެ.
" ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީ ތަކުން ވެސް މި ހިނގާލުމުގައި ބައިވެރިވާނެ" ހަޝްމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހިނގާލުން ކުރިއަށްދާއިރު، ފަތުރުވެރިކަމާ ގުޅުންހުރި ކަންތައްތައް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
" ފަންސާ އަހަރުވީ ފަތުރުވެރިކަމުގެ ތާރީޚުގައި ހިންގައި ދިޔަ މުހިންމު ކަންތައްތަކާއި، އެ ދާއިރާގައި ހުރި ވަޒީފާގެ ފުރސަތުތަކާއި ދެމެހެއްޓެނިވި ގޮތުގައި ފަތުވެރިކަން ކުރިއަރައިން ދިޔަ ގޮތާއި، އެ ދާއިރާގެ ކާމިޔާބީ ފަދަ އެތައް ވާހަކަތަކެއް މި ހިނގައިލުމުގައި ހުށަހަޅާނެ" ހަޝްމާ ވިދާޅުވިއެވެ.
advertisment
ހިޔާލު