ރަސްގެތީމު ސްކޫލްގެ ކުލާސް ރޫމް ތަކުގައި ރީޑިންގ ކޯނަރތައް ހަދަންފަށައިފި

ރަސްގެތީމު ސްކޫލްގެ ކުލާސް ރޫމް ތަކުގައި ރީޑިންގ ކޯނަރ ތަކެއް ހެދުމުގެ މަސައްކަތް އެ ސްކޫލްގެ ޕީޓީއޭއިން ފަށައިފިއެވެ.

130 އެއްހާ ކުދިން ކިޔަވަމުންދާ ރަސްގެތީމް ސްކޫލްގެ 11 ކުލާސް ރޫމާއި، ލައިބްރަރީގައި ވެސް ފޮތްތައް ބަހައްޓާނެ ހަރުތައް ހަދައި، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ކިޔަވާ ކުލާސްރޫމްތަކުގެ އެތެރޭގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން ވަނީ ނިންމާފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މޫމިން ނަސީރު ވިދާޅުވީ، ޖާގަ ނެތުމުން އެ ސްކޫލްގެ ލައިބްރަރީ ބޭނުން ކުރަމުން ދަނީ ފޮތްތައް ބަހައްޓާ ސްޓޭޝަނެއްގެ ގޮތުގައި ކަމަށެވެ. ދަރިވަރުން ފޮތް ކިޔާނީ ކޫލާސް ރޫމްތަކުގައި ގާއިމް ކުރާ ރީޑިނގ ކޯނާ ތަކުގައި ކަމަށެވެ.

ޕީޓީއޭއިން ޚަރަދު ކޮށްގެން، ފިރިހެން ބެލެނިވެރިން އެ މަސައްކަތް ކުރަމުންދާއިރު، ދަރިވަރުންނަށް އެކަށީގެންވާ މާޙައުލަކަށް ކުލާސްރޫމްތައް ބަދަލުވެގެން ދާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

" މިހާރު ހުރިހާ ކުލާސްތަކެއްގައި ރީޑިންގ ކޯނަރތައް ހަދާ ނިމިއްޖެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ދަރިވަރުންގެ ކުލާސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ" މޫމިން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *